ވާހަކަ އަޑު އެހުމާ ކިޔުމަކީ ދަރިވަރުންގެ އުގެނުމުގެ ފެންވަރު އިތުރުވާނެކަމެކެވެ. އަދި ވާހަކަ އަޑު އެހުމަކީ ދަރިވަރުން ވަރަަށް ކުރާހިތްވާ ކަމެކެވެ. މީ އިގެރޭސި ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ބޭނުންކުރެވިދާނެ ވާހަކައެކެވެ.
Sunday, April 12, 2020
Saturday, April 11, 2020
އެއްކުރުން ( ދެއަދަދުގެ ނަންބަރު )
މި މަސައްކަތަކީ ގުރޭޑު 1 ގެ ކުލާހަށް ކުރިޔަށް ގެންދެވިދާނެ މަސައްކަތެކެވެ. މަސައްކަތުކަރުދާސް ހަވާލުކުރުމުގެ ކުރިން ވީޑިއޯ ކުލާހުގައި ދައްކާލާށެވެ. މިފަދަ ވީޑިއޯތައް ކިޔަވައިދިނުމުގައި ބޭނުންކުރުމަކީ ކުލާސް ކޮންޓްރޯލް ކުރުމުގެ އިތުރުން ފިލާވަޅު ޝައުގުވެރިކަމާއެކު ކުރިޔަށް ގެންދިޔުމަށް ފަސޭހަވެގެންދާނެ ކަމެކެވެ. އެއަށް ފަހު ތިރީގައިވާ މަސައްކަތު ކަރުދާސް ދަރިވަރުންނާ ހަދަން ހަވާލުކުރާށެވެ.
ގުޑްސް އެންޑް ސާވިސް
މި ވީޑިއޯއަކީ ގުޑްސް އެންޑް ސާވިސް ގުރޭޑް 1 ގެ ދަރިވަރުންނަށް ކިޔައިދިނުމުގެ ގޮތުން ދައްކާލެވިދާނެ ވީޑިއޯއެކެވެ. މިގޮތައް ވީޑިއޯ ބޭނުންކުރުމަކީ ދައްގުރޭޑުތަކުގެ ދަރިވަރުން ވަރަށް ޝައުގުވެރިވާކަމެކެވެ. އެހެންކަމުން ފިލާވަޅު ބޯޑުގައި ކިޔާދިނުމުގެ ބަދަލުގައި މިގޮތައް ކިޔާދިނުމުން ދަރިވަރުންނަށް ހާސިލުވާމިންވަރު އިތުރުވެއެވެ.
Friday, April 10, 2020
އެކްޓިވް ވޮއިސް އެންޑް ޕެސިވް ވޮއިސް
މި ފިލާވަޅަކީ ގުރޭޑު 6 ގެ ކުދިންނަށް ކުރިޔަށް ގެންދެވިދާނެ ފިލާވަޅެކެވެ. މި ފިލާވަޅު ކުރިޔަށް ގެންދާނެ ގޮތުގެ ތަފްސީލް އަދި ޕްރެޒެންޓޭޝަން ތިރީގައި އެވަނީއެވެ.
ސޫފި
މި ފިލާވަޅާ ގުޅުން ހުރި މައުލޫމާތު ، މަސައްކަތުކަރުދާސް އަދި ގޭމް ތިރީގައި ހިމަނާލެވިފައިވާނެއެވެ.
ދިރޭތަކެތި އަދި ނުދިރޭތަކެތި
މި މަސައްކަތަކީ ގުރޭޑް 1 ގެ ކުލާހަށް ކުރިޔަށް ގެންދެވިދާނެ މަސައްކަތެކެވެ. ކުރިޔަށް ގެންދިޔުމުގެ ކުރިން ދަރިވަރުންނަށް ދިރޭ އެއްޗިއަސާއި ނުދިރޭ އެއްޗިހި އަދި ދިރޭއެއްޗިހީގެ ތެރެއިން ބައެއްއެއްޗިހީގެ ކެރެކްޓާތައް ދަސްކޮށްދެން ވާނެއެވެ. މި މަސައްކަތުގައި ދަރިވަރުން ދިރޭއެއްޗިއްސާއި ނުދިރޭ އެއްޗިހި ފާގަކުރުމުގެ ގޮތުން ދިރޭއެއްޗިހީގައި ބޮޅުއަޅާ އަދި ނުދިރޭއެއްޗިހީގައި ނުބައި ފާހަގަ ޖަހާނީއެވެ.
Thursday, April 9, 2020
ހަށިގަނޑުގެ ބައިތައް
މި މަސައްކަތަކީ ހަށިގަނޑުގެ ބައިތައް މި ފިލާވަޅު ނަގައިދިނުމަށްފަހު ކުރިޔަށް ގެންދެވިދާނެ މަސައްކަތެކެވެ. މި މަސައްކަތަކީ ގުރޭޑު 1 ގެ ކުދިންނަށް ކުރިޔަށް ގެންދެވިދާނެ މަސައްކަތެކެވެ. ހަށިގަނޑުގެ ބައިތައް ފާހަގަ ކޮށް ގުޅުވާށެވެ.
ދިރޭތަކެތި ( ދޫނީގެ ބައިތައް)
މި މަސައްކަތަކީ ދިތޭތަކެތި މި ސުރުހީގެ ދަށުން ގުރޭޑު 3 ކަށް ކުރިޔަށް ގެންދެވިދާނެ މަސައްކަތެކެވެ. މި މަސައްކަތް ކުލާހުގައި ޓެބްލެޓް ބޭނުންކޮށްގެން ދަރިވަރުން ޝައުގުވެރިވާގޮތައް ކުރިޔަށް ގެންދެވިދާނެއެވެ.
Subscribe to:
Posts (Atom)