މި ބުލޮގަކީ ވިލާކޮލެޖުގެ ފަރާތުން ހިންގަމުންދާ ޕޯސްޓް ގުރެޖުއޭޓް ޑިޕޮލޮމާ އިން ޓީޗިން ކޯހުގައި ކިޔަވަމުންދާ، އިންފޮމޭޝަން ޓެކްނޮލޮޖީގެ މާއްދާގެ ދަށުން ކުރެވިފައިވާ މަސައްކަތެކެވެ. މިބުލޮގުގައި ގުރޭޑް 1 ކާއި 6ކާއި ދެމެދުގެ ގުރޭޑް ތަކަށް ކުޔަވައިދެއްވާ ޓީޗަރުންގެ އިތުރުން އެ ގުރޭޑު ތަތަކުގެ ދަރިވަރުންނަށްވެސް އުނގެނުމާއި އުގަންނައި ދިނުމުގައި ބޭނުން ކުރެވިދާނެ ތަފާތު މަސައްކަތްތައް ހިމަނާލެވިފައިވާނެއެވެ. ކުރެވިފައިވާ މަސައްކަތްތަކަކީ ކިޔަވައިދިނުމުގެ ދާއިރާގައި އަޅޫގަނޑަށް ލިބިފައިވާ އިލްމާއި، ހުނަރުގެ އިތުރުން ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުރެވިފައިވާ މަސައްކަތްތަކެކެވެ.
ކުރިޔަށް އޮތްތާގައި މިބުލޮކުން ލިބެންހުރި މަޢުލޫމާތުތައް ގިނަކޮށް ބޭނުންކުރާފަރާތަކަށް މިހާރަށްވުރެ ބޭނުންތެރި ބުލޮގަކަށް ހެދުމަށް މަސައްކަތް ކުރާނަމެވެ. އަދި ބިނާކުރަނިވި ފާޑުކިޔުމަކީ ބުލޮގު އިތުރަށް ފުރިހަމަކުރުމަށް ލިބޭ ވަރަށް މުހިންމު މަޢުލޫމާތުތަކެއްކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. އެހެންކަމުން ކިޔުން ތެރިންގެ ފަރާތުން މިފަދަ ފާޑުކިޔުންތައް ލިބިލައްވާނެކަމަށް އުންމީދު ކުރަމެވެ. އަދި މި ބުލޮގަކީ މި ގުރޭޑް ތަކުގެ ކުލާސް ޓީޗަރުންނަށާއި ދަރިވަރުންނަށް ބޭނުން ހިފޭނެ ބުލޮގަކަށް ވާނެކަމަށް އުންމީންދުކުރަމެވެ.
ޝުކުރިއްޔާ!
